ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ
- ވިޔަފާރި އުސޫލުން 2020 މަރޗް 08 އިން 2021 ފެބްރުއަރީގެ ނިޔަލަށް މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެގޮތައް ސިޓީއެއް ފޮނުވަންވާނެއެވެ. އަދި ނަން ނޯޓް ނުކުރާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަދަންނަވަމެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބްރުއަރީ 12،13،16 މި ތިން ދުވަހުގެ ހެދުނު 8.00 ން 13.00 އަށް މި މަދަރުސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބްރުއަރީ 61 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2020 ފެބްރުއަރީ16 ވާ އާދީއްތަ ދުވަހުގެ 13.00 ގައި މަދަރުސާގައި އޮންނާނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 25 ވާ އަންގާރަ ދުވަހު13:00 ގައި މި މަދަރުސާގެ އިދާރާގައެވެ.
- މި ޕްރޮޖްކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ.އަތޮޅުމަދަރުސާ / ގއ.ކޮލަމާފުށި
-ފޯނުނަމްބަރ: 7983072 - އީމެއިލް އެޑްރެސް: [email protected]
* މިކަމަށް ފުރަތަމަ ކޮށްފައިވާ، GS-29/2019/44 ނަމްބަރ ގެ އިޢުލާނާއި ގުޅިގެން އެއް ފަރާތުން ބިޑް ހުށަހަޅާފައިވާތީ، އެއިޢުލާން ކެންސަލް ކުރި ވާހަކަ ދަންނަވަމެވެ.
* މިކަމަށް ދެވަނަފަހަރަށް ކޮށްފައިވާ، GS-29/2020/04 ނަމްބަރ ގެ އިޢުލާން ވަނީ ސެކިއުރިޓީގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރުމަށްޓަކައި ކްރައިޓީރިއާއަށް ބަދަލުގެނައުމާއި ގުޅިގެން ކެންސަލް ކޮށްފައެވެ.
12 ފެބުރުވަރީ 2020
ހޯދާ