ޢާންމު މަޢުލޫމާތު
ނަންބަރު: :GS-29/2020/0006
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 1332
ސުންގަޑި: 25 ފެބުރުވަރީ 2020 1300
ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                                                                                                            

  1.          ވިޔަފާރި އުސޫލުން 2020 މަރޗް 08 އިން 2021 ފެބްރުއަރީގެ ނިޔަލަށް މިސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެގޮތައް ސިޓީއެއް ފޮނުވަންވާނެއެވެ. އަދި ނަން ނޯޓް ނުކުރާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަދަންނަވަމެވެ.
  2. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ފެބްރުއަރީ 12،13،16 މި ތިން ދުވަހުގެ ހެދުނު 8.00 ން 13.00 އަށް މި މަދަރުސާގައި ނަންނޯޓް ކުރެއްވުން އެދެމެވެ.
  3. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ފެބްރުއަރީ 61 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2020 ފެބްރުއަރީ16  ވާ އާދީއްތަ ދުވަހުގެ 13.00 ގައި މަދަރުސާގައި އޮންނާނެއެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2020 ފެބްރުއަރީ 25 ވާ އަންގާރަ ދުވަހު13:00 ގައި މި މަދަރުސާގެ އިދާރާގައެވެ.
  6. މި ޕްރޮޖްކްޓާއި ގުޅޭ ބީލަންފޮތް މި އިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަން ނޯޓް  ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅުމަދަރުސާ / ގއ.ކޮލަމާފުށި

-ފޯނުނަމްބަރ: 7983072 -                    އީމެއިލް އެޑްރެސް: [email protected]

* މިކަމަށް ފުރަތަމަ ކޮށްފައިވާ، GS-29/2019/44 ނަމްބަރ ގެ އިޢުލާނާއި ގުޅިގެން އެއް ފަރާތުން ބިޑް ހުށަހަޅާފައިވާތީ، އެއިޢުލާން ކެންސަލް ކުރި ވާހަކަ ދަންނަވަމެވެ.

* މިކަމަށް ދެވަނަފަހަރަށް ކޮށްފައިވާ، GS-29/2020/04 ނަމްބަރ ގެ އިޢުލާން ވަނީ ސެކިއުރިޓީގެ ހިދުމަތް މިހާރަށްވުރެ  ބޮޑަށް ހަރުދަނާ ކުރުމަށްޓަކައި ކްރައިޓީރިއާއަށް ބަދަލުގެނައުމާއި ގުޅިގެން ކެންސަލް ކޮށްފައެވެ.

2020-02-12