ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ. |
ފެކަލްޓީ އޮފް ހެލްތް ސައިންސަސް މާލެ، ދިވެހިރާއްޖެ |
|
މިފެކަލްޓީގެ ފަރާތުން ރ. ދުވާފަރު ގައި ހިންގާ ބެޗްލާރސް ޑިގުރީ ކޯހުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން މިފެކަލްޓީއަށް ސިޓީފޮނުއްވުން އެދެމެވެ. ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. |
||
މާއްދާތައް: |
, Management of Disaese 1 MED 015, First Aid and Practical Procedures MED 117, Basic Pharmacology PHM 003 Communication in Health PUB 001, Environment and Community Health 1 PUB 107 |
|
ޝަރުތު: |
މާއްދާ އާއި ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ އެއާއި އެއްވަރު ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުންހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. |
|
އުޖޫރަ: |
ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ. |
|
ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި |
1- ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 3- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 4- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ) |
|
އިތުރު މައުލޫމާތު |
- މިއީ ބްލޮކް މޯޑަށް ކިޔަވައިދޭ ކޯހަކަށްވުމުން ކުލާސްތައް އޮންނާނީ މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކަނޑައެޅޭ ދުވަސްތަކުގައެވެ. - ސެމިސްޓަރ އެއްގައި ހިމެނޭނީ 4 ބްލޮކެވެ. ކޮންމެ ބްލޮކެއްގައި 4 ދުވަހެވެ. - ކިޔަވައި ދެއްވުމަށް ކެމްޕަސްއަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދެކޮޅު ޓިކެޓާއި އެކޮމަޑޭޝަނަށާއި ފަރިއްކޮޅަށް ކަނޑައެޅިފައިވާ ރޭޓުން ފައިސާ ހަމަޖައްސައި ދެވޭނެއެވެ. - މީހުން ހޮވުމުގައި ޔުނިވަރސިޓީއެއްގައި މި ދާއިރާގެ މާއްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ. |
|
ސުންގަޑި |
12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. |