ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS/2/2020/12
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 17:11
ސުންގަޑި: 12 ފެބުރުވަރީ 2020 13:30
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގެ ފަރާތުން ރ. ދުވާފަރު ގައި ހިންގާ ބެޗްލާރސް ޑިގުރީ ކޯހުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން މިފެކަލްޓީއަށް ސިޓީފޮނުއްވުން އެދެމެވެ. ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

މާއްދާތައް:

,  Management of Disaese 1  MED 015,                      

   First Aid and Practical Procedures  MED 117,  Basic Pharmacology PHM 003

Communication in Health  PUB 001,  Environment and Community Health 1  PUB 107

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުންހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

- މިއީ ބްލޮކް މޯޑަށް ކިޔަވައިދޭ ކޯހަކަށްވުމުން ކުލާސްތައް އޮންނާނީ މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކަނޑައެޅޭ ދުވަސްތަކުގައެވެ.

- ސެމިސްޓަރ އެއްގައި ހިމެނޭނީ 4 ބްލޮކެވެ. ކޮންމެ ބްލޮކެއްގައި 4 ދުވަހެވެ.

- ކިޔަވައި ދެއްވުމަށް ކެމްޕަސްއަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދެކޮޅު ޓިކެޓާއި އެކޮމަޑޭޝަނަށާއި ފަރިއްކޮޅަށް ކަނޑައެޅިފައިވާ ރޭޓުން ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

- މީހުން ހޮވުމުގައި ޔުނިވަރސިޓީއެއްގައި މި ދާއިރާގެ މާއްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-      އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

09 ފެބުރުވަރީ 2020