ދިވެހިރާއްޖެ
1 އަހަރު ދުވަހުގެ މުއްދަތަށް މަހަކަށް -/12,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަގަކަށް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ނަމްބަރު: (IUL)289/289/2020/6 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތައް މަދުކަމަށް ފެންނާތީ މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ. މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނީ ކޮންމެ ދުވަހަކުވެސް ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. އަދި މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގައި ބިދޭސީން ބޭނުންނުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް؛
- މަސައްކަތުގެ އަގަށް %50
- މާލީ ޤާބިލްކަމަށް ( 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް )
- މަސައްކަތު ތަޖުރިބާއަށް
- ޕްރޮޕޯސަލް ހުށަހަޅާފައިވާ ގޮތަށް
- ފަރުދުންގެ ވިޔަފާރި އަދި ކުންފުނިތަކަށް
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.