މަސައްކަތް
ނަންބަރު: (IUL)289/289/2020/10
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 19 ފެބުރުވަރީ 2020 00:00
މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލަންދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ؛

1 އަހަރު ދުވަހުގެ މުއްދަތަށް މަހަކަށް -/12,000 ރުފިޔާ އަށްވުރެ ބޮޑުނޫން އަގަކަށް މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ނަމްބަރު: (IUL)289/289/2020/6 އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތައް މަދުކަމަށް ފެންނާތީ މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ. މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓަން ޖެހޭނީ ކޮންމެ ދުވަހަކުވެސް ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. އަދި މިއިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގައި ބިދޭސީން ބޭނުންނުކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބުރުވަރީ 2020 ވާ  ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް؛

  1. މަސައްކަތުގެ އަގަށް %50
  2. މާލީ ޤާބިލްކަމަށް ( 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް )
  3. މަސައްކަތު ތަޖުރިބާއަށް
  4. ޕްރޮޕޯސަލް ހުށަހަޅާފައިވާ ގޮތަށް
  5. ފަރުދުންގެ ވިޔަފާރި އަދި ކުންފުނިތަކަށް

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2020