އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަގުތަކާއި ގޯތިތަކަށް އުނދަގޫވާގޮތަށް ހުރި ރުއްގަހާއި ގުޅޭ

                                                   ނަންބަރު: IUL)345-CAA/345/2020/6)

އިޢުލާން

  ބައެއް މަގުތަކާއި ގޯތިތަކަށް އުނދަގޫވާގޮތަށް ހުރި ރުއްގަހާއި ގުޅޭ:

 

       މަގުތަކުން ހިނގާބިނގާވެއުޅޭ މީހުންނާއި، ދުއްވާތަކެއްޗަށް ދަތިވާތީ، ތިރީގައި މިދަންނަވާ 4 ރުއް އެތަންތަނުން ނެގުމަށްވަނީ ބޭނުންވެފައެވެ.

ރުއް ހުރިތަނާބެހޭ މަޢުލޫމާތު:

  1. ވައިލެޓް މަގު ހުޅަނގުކޮޅު ދެކުނުމަގުފަޅީ، ދިގަލި ގެއާ ދިމާލުން ދެކުނުގައި ހުދު ދަވާދުން 1،2 ޖަހާފައިވާ 2 ރުއް.
  2. ސޯސަންމަގު ހުޅަނގު ދެކުނު އިންޖީނުގޭ ހުޅަނގު ބޯޅަދަނޑާ ދިމާލުން ދެކުނުމަގު ދެކުނުފަރާތު ހުދު ދަވާދުން ނަމްބަރު 3 ޖަހާފައިވާ ރުއް.
  3. ބުންބަރުމަގު ހުޅަނގުކޮޅު އުތުރު މަގުފަޅީ ސަހަރާ ދިމާލުގައި ހުދު ދަވާދުން ނަންބަރު 4 ޖަހާފައިވާ 1 ރުއް.

       މިރުއްރުކުގެ ވެރިފަރާތުން ރުކާއިބެހޭ މިދަންނަވާ މަޢުލޫމާތު އެނގޭނެ ލިއުމެއް 17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު 14:00 ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ މަޢުލޫމާތު:

  1. ރުކުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް.
  2. ރުކުގެ ތަރުތީބު ނަންބަރު.
  3. ކޯޑު ނަންބަރު.
  4. ރުކުގައި މިހާރު ހުދުކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު.

އިތުރު މަޢުލޫމާތު ސާފުކުރުން:

 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

                ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

09 ފެބުރުވަރީ 2020
ހޯދާ