ދިވެހިރާއްޖެ
ނަންބަރު: IUL)345-CAA/345/2020/6)
އިޢުލާން
ބައެއް މަގުތަކާއި ގޯތިތަކަށް އުނދަގޫވާގޮތަށް ހުރި ރުއްގަހާއި ގުޅޭ: |
މަގުތަކުން ހިނގާބިނގާވެއުޅޭ މީހުންނާއި، ދުއްވާތަކެއްޗަށް ދަތިވާތީ، ތިރީގައި މިދަންނަވާ 4 ރުއް އެތަންތަނުން ނެގުމަށްވަނީ ބޭނުންވެފައެވެ.
ރުއް ހުރިތަނާބެހޭ މަޢުލޫމާތު:
- ވައިލެޓް މަގު ހުޅަނގުކޮޅު ދެކުނުމަގުފަޅީ، ދިގަލި ގެއާ ދިމާލުން ދެކުނުގައި ހުދު ދަވާދުން 1،2 ޖަހާފައިވާ 2 ރުއް.
- ސޯސަންމަގު ހުޅަނގު ދެކުނު އިންޖީނުގޭ ހުޅަނގު ބޯޅަދަނޑާ ދިމާލުން ދެކުނުމަގު ދެކުނުފަރާތު ހުދު ދަވާދުން ނަމްބަރު 3 ޖަހާފައިވާ ރުއް.
- ބުންބަރުމަގު ހުޅަނގުކޮޅު އުތުރު މަގުފަޅީ ސަހަރާ ދިމާލުގައި ހުދު ދަވާދުން ނަންބަރު 4 ޖަހާފައިވާ 1 ރުއް.
މިރުއްރުކުގެ ވެރިފަރާތުން ރުކާއިބެހޭ މިދަންނަވާ މަޢުލޫމާތު އެނގޭނެ ލިއުމެއް 17 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު 14:00 ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ މަޢުލޫމާތު:
- ރުކުގެ ވެރިފަރާތުގެ ނަމާއި އެޑްރެސް.
- ރުކުގެ ތަރުތީބު ނަންބަރު.
- ކޯޑު ނަންބަރު.
- ރުކުގައި މިހާރު ހުދުކުލައިގެ ދަވާދުން ޖަހާފައިވާ ނަންބަރު.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6660059 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.