މަޤާމް:
|
ޕްރިޒަން އޮފިސަރ
|
ބޭނުންވާ އަދަދު:
|
60
|
ކްލެސިފިކޭޝަން:
|
ނޮން-ކޮމިޝަންޑް އޮފިސަރސް
|
އަސާސީ މުސާރަ:
|
މަހަކު 6,050.00 ރުފިޔާ
|
|
(ޕްރޮބޭޝަން މުއްދަތު ގައި ލިބޭނީ ހަމައެކަނި އަސާސީ މުސާރަ )
|
ސަރވިސް އެލަވެންސް:
|
މަހަކު 3,500.00 ރުފިޔާ
|
ނޮން ޕްރެކްޓިސް އެލަވެންސް:
|
މަހަކު 2,722.50 ރުފިޔާ
|
ލިވިންގ އެލަވެންސް:
|
މަހަކު 2,500.00 ރުފިޔާ
|
ޔުނިފޯމް އެލަވެންސް:
|
މަހަކު 300.00 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ފިރިހެން ޤައިދީންނާއި ބަންދުމީހުން ބަންދުކޮށްފައިތިބޭ ޖަލުތަށް.
|
ފެންވަރު ނުވަތަ ޝަރުތު:
|
މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ،
- ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން
- މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30(ތިރީސް) އަހަރު ނުވާ މީހަކުކަމުގައިވުން ( 09 ފެބްރުއަރީ 2020ގެ ނިޔަލަށް 30 އަހަރުނުފުރޭ)،
- ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއްކަމުގައި ނުވުން
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ޤާނޫނު ނަމްބަރ :2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ
- ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
- ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
- އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
- ޕޮލިސް ރިޕޯޓް
|
ސުންގަޑި:
|
- މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު 09 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) ގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
|
ޝޯޓް ލިސްޓް ކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލް ވާނެއެވެ.
|
އިތުރު ތަފްސީލް:
|
- ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތް މި ސަރވިސްގެ އުސޫލު ނަމްބަރ :MCS-01/2017 "ޕްރިޒަން އޮފިސަރުން ރެކްރޫޓް ކުރުމުގެ އުސޫލު" އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mvވެބްސައިޓުންނާއި މިސަރވިސްގެ ހެޑް އޮފީހުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
- މި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.
|