ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2020/8
ޕަބްލިޝްކުރި ތާރީޚް: 27 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 09 ފެބުރުވަރީ 2020 14:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ޕްރިޒަން އޮފިސަރ

 

                                `

                                                                      

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

      މާލެ، ދިވެހިރާއްޖެ

     

                                                               ނަންބަރ: IUL)167-HR/167/2020/8)

                               އިޢުލާން

         މިސަރވިސްއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރިޒަން އޮފިސަރ

ބޭނުންވާ އަދަދު:

60

ކްލެސިފިކޭޝަން:

ނޮން-ކޮމިޝަންޑް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު  6,050.00  ރުފިޔާ

 

(ޕްރޮބޭޝަން މުއްދަތު ގައި ލިބޭނީ ހަމައެކަނި އަސާސީ މުސާރަ )     

ސަރވިސް އެލަވެންސް:

މަހަކު  3,500.00 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވެންސް: 

މަހަކު  2,722.50 ރުފިޔާ

ލިވިންގ އެލަވެންސް:

މަހަކު  2,500.00 ރުފިޔާ

ޔުނިފޯމް އެލަވެންސް:

މަހަކު  300.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:              

ފިރިހެން ޤައިދީންނާއި ބަންދުމީހުން ބަންދުކޮށްފައިތިބޭ ޖަލުތަށް.

ފެންވަރު ނުވަތަ ޝަރުތު:                           

 

 

 

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ،
  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30(ތިރީސް) އަހަރު ނުވާ މީހަކުކަމުގައިވުން ( 09 ފެބްރުއަރީ 2020ގެ ނިޔަލަށް 30 އަހަރުނުފުރޭ)،
  • ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއްކަމުގައި ނުވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޤާނޫނު ނަމްބަރ :2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ
  • ދިވެހި ސިވިލް ސަރވިސްއަށް / ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
  • ޕޮލިސް ރިޕޯޓް

 

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު 09 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) ގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓް ލިސްޓް ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ގުޅާނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލް ވާނެއެވެ.

އިތުރު ތަފްސީލް:

 

  • ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ނެގުމުގައި ޢަމަލުކުރާނެ ގޮތް މި ސަރވިސްގެ އުސޫލު ނަމްބަރ :MCS-01/2017 "ޕްރިޒަން އޮފިސަރުން ރެކްރޫޓް ކުރުމުގެ އުސޫލު" އަދި އަލަށް ނަގާ އޮފިސަރުންގެ ފިޒިކަލް ފިޓްނަސް މިންގަނޑު މި ސަރވިސްގެ www.corrections.gov.mvވެބްސައިޓުންނާއި މިސަރވިސްގެ ހެޑް އޮފީހުގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ.
    • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
    • މި ޢިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ.

                             

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

                   01 ޖުމާދުލްއާޚިރް 1441

                   26  ޖަނަވަރީ  2020

 

 

                                               

27 ޖަނަވަރީ 2020