މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ
މި އިދާރާގެ ވޭސްޓްމެނެޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
- މަޤާމް: މަސައްކަތު
- ބޭނުންވާ ޢަދަދު: 02 ( ދޭއް )
- މުސާރައާއި އެލަވަންސް މަހަކު: -//6500 (ހަހާސް ފަސްސަތޭކަ ރުފިޔާ)
- ފެންވަރު ނުވަތަ ސަރުތު: އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއި އެކު ޢުމުރުން 18 އަހަރާ ، 65 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި އަދި ގިނަވަޤުތު ހީވާގި ކަމާއި އެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުން.
- ކުރަންޖެހޭ މައިގަނޑު މަސައްކަތް: ގޯތި ތަކުންނާއި، އެހެނިހެން ތަންތަނުން ކުނިނަގައިގެން ކުނި ކޮށްޓަށްގެންގޮސް ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ކުނިކޮށީގައި ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން .
މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
ވީމާ ، މިމަޤާމަށް ސައުޤުވެރިވާ ފަރާތް ތަކުން 2020 ޖަނަވަރީ 28 ވަނަދުވަހުގެ 14.00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ ހިމަނަންވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.
21 ޖަނަވަރީ 2020
ހޯދާ