ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)298//2020/05
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 28 ޖަނަވަރީ 2020 14:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ

 

        މި އިދާރާގެ ވޭސްޓްމެނެޖްމަންޓް ސެންޓަރަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

  • މަޤާމް:                    މަސައްކަތު
  • ބޭނުންވާ ޢަދަދު:              02 ( ދޭއް )
  • މުސާރައާއި އެލަވަންސް މަހަކު:     -//6500 (ހަހާސް ފަސްސަތޭކަ ރުފިޔާ) 
  • ފެންވަރު ނުވަތަ ސަރުތު:         އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއި އެކު ޢުމުރުން 18 އަހަރާ ، 65 އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުމާއި އަދި ގިނަވަޤުތު ހީވާގި ކަމާއި އެކު މަސައްކަތުގައި އުޅެވޭފަދަ މީހަކު ކަމުގައި ވުން.
  • ކުރަންޖެހޭ މައިގަނޑު މަސައްކަތް:   ގޯތި ތަކުންނާއި، އެހެނިހެން ތަންތަނުން ކުނިނަގައިގެން ކުނި ކޮށްޓަށްގެންގޮސް  ކުނި މެނޭޖުކުރުމުގެ މަސައްކަތާއި، ކުނިކޮށީގައި ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން .

މި މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި އެލެވަންސްގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ވީމާ ، މިމަޤާމަށް ސައުޤުވެރިވާ ފަރާތް ތަކުން 2020 ޖަނަވަރީ 28 ވަނަދުވަހުގެ 14.00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ ހިމަނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

21 ޖަނަވަރީ 2020