ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2020/001
އިއުލާން
15 މާރޗް އިން 20 މާރޗް 2020 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ "ގޯލް ކީޕާރ ލެވަލް 1" ސެޓްފިކެޓް ކޯސް، ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ (އަންހެން / ފިރިހެން) ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 2 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށައަޅާ ފޯމްތަކަށް ބެލުމަށްފަހު ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/1،500 (ފަނަރަސްތޭކަ ރުފިޔާ) ދައްކަންވާނެއެވެ.
ކޯހުގައި ބައިވެރިވުމުގެ ޝަރުތު:
1- އޭ.އެފް.ސީ ނުވަތަ އެފް.އޭ.އެމް "ސީ" ކޯޗިންގ ކޯސް ސެޓްފިކެޓް ލިބިފައިވުން.
މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 15:00 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
19 ޖެނުއަރީ 2020