ތަމްރީނު
ނަންބަރު: FAM/IUL/2020/001
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 02 ފެބުރުވަރީ 2020 14:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޭ.އެފް.ސީ ގޯލް ކީޕަރ ލެވަލް 1 ސެޓްފިކެޓް ކޯޗިންގ ކޯސް 2020

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ                              

 

 

                                                                                                                                                                           ނަންބަރު:FAM/IUL/2020/001

 

އިއުލާން

              15 މާރޗް އިން 20 މާރޗް 2020 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ "ގޯލް ކީޕާރ ލެވަލް 1" ސެޓްފިކެޓް ކޯސް، ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ (އަންހެން / ފިރިހެން) ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 2 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށައަޅާ ފޯމްތަކަށް ބެލުމަށްފަހު ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/1،500 (ފަނަރަސްތޭކަ ރުފިޔާ) ދައްކަންވާނެއެވެ.

ކޯހުގައި ބައިވެރިވުމުގެ ޝަރުތު:

1-  އޭ.އެފް.ސީ ނުވަތަ އެފް.އޭ.އެމް "ސީ" ކޯޗިންގ ކޯސް ސެޓްފިކެޓް ލިބިފައިވުން.

              މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 15:00 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.           

              19 ޖެނުއަރީ 2020     

19 ޖަނަވަރީ 2020