ބޭނުންވާ ޑިވިޜަން/ސެކްޝަން/ދާއިރާ:
|
ކައުންސިލް ޑިޖިޓަލައިޒޭޝަން އެންޑް ޕްރޮޖެކްޓްސް ސެކްޝަން
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
ބޭނުންވާ މުއްދަތު:
|
2.5 މަސްދުވަސް
|
އެލަވަންސް:
|
ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް -/240 ރުފިޔާ
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
08:00 ން 16:00 އަށް
|
މަސައްކަތްކުރަންޖެހޭ ތަން:
|
މާލޭ ސިޓީ ކައުންސިލް
|
މައިގަނޑު މަސައްކަތް
|
- އީ-ކައުންސިލް ޕޮޕިއުލޭޝަން މޮޑިއުލް (ގެމެން) އަށް ޑާޓާ އެންޓީރީކުރުމުގެ މަސައްކަތް
|
ތައުލީމީ ފެންވަރު:
|
- ދަށްވެގެން ޖީ.ސީ އޯލެވެލް ނިންމައިފައިވުން.
( ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށް އިސްކަންދެވޭނެ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު
- އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
- ލިބިފައިވާ ތަމްރީނުތަކު ސެޓުފިކެޓްގެ ކޮޕީ
|
އެދެންވީގޮތާއި ސުންގަޑި:
|
- ޝައުޤުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމް ބަލައިގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- އިންޓަރންޝިޕަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ މެރިޓް އުސޫލުން އެންމެ ގިނައިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިސްކަންދީގެންނެވެ.
- ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
- އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
|