ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2020/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 23 ޖަނަވަރީ 2020 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓަރންޝިޕް ފުރުޞަތު

މި އޮތޯރިޓީގެ  (IUL)221-HRS/221/2019/63ނަންބަރު އިއުލާނާއި ގުޅިގެން ބޭނުންވާ އަދަދަށް އިންޓަރނުން ލިބިފައި ނުވާތީ

އިތުރު އިންޓާނުން ހޯދުމަށް އިއުލާނުކުރަމެވެ.

 ބޭނުންވާ ޑިވިޜަން/ސެކްޝަން/ދާއިރާ:

 ކައުންސިލް ޑިޖިޓަލައިޒޭޝަން އެންޑް ޕްރޮޖެކްޓްސް ސެކްޝަން

 ބޭނުންވާ އަދަދު:

 01 (އެކެއް)

 ބޭނުންވާ މުއްދަތު:

 2.5 މަސްދުވަސް

 އެލަވަންސް:

 ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް -/240 ރުފިޔާ

 މަސައްކަތްކުރަންޖެހޭ ވަގުތު:

 08:00 ން 16:00 އަށް

 މަސައްކަތްކުރަންޖެހޭ ތަން:

 މާލޭ ސިޓީ ކައުންސިލް

 މައިގަނޑު މަސައްކަތް

  • އީ-ކައުންސިލް ޕޮޕިއުލޭޝަން މޮޑިއުލް (ގެމެން) އަށް ޑާޓާ އެންޓީރީކުރުމުގެ މަސައްކަތް

 ތައުލީމީ ފެންވަރު:

  • ދަށްވެގެން ޖީ.ސީ އޯލެވެލް ނިންމައިފައިވުން.

( ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށް އިސްކަންދެވޭނެ) 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްގެ ކޮޕީ
  5. ލިބިފައިވާ ތަމްރީނުތަކު ސެޓުފިކެޓްގެ ކޮޕީ

 އެދެންވީގޮތާއި ސުންގަޑި:

  • ޝައުޤުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ފޯމް ބަލައިގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

  • އިންޓަރންޝިޕަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މިއޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ މެރިޓް އުސޫލުން އެންމެ ގިނައިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިސްކަންދީގެންނެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
15 ޖަނަވަރީ 2020