ދިވެހިރާއްޖެ
ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮށްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ބޭނުންވެއްޖެ
އަންދާސީ ހިސާބު ހުށައުޅުމުގެ ފުރުސަތު
1 ހަނިމާދޫގައި އުފެދޭ ކުނި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ހަފްތާއަކު 3 ދުވަހު ކުނީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން ކުނިނަގާ ކުނިކޮށްޓަށް ގެންގޮސް ނައްތާލާނެ ފަރާތެއް ހޯދަން ކުރި އިއުލާން ނަންބަރު (IUL)258/2019/59 ގެ މައުލުމާތު ޝީޓުގައި ބައެއް މައުލުމާތު ހިމުނިފައި ނުވާތީވެ މި އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
2 . މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 29 އިން 2019 ޑިސެމްބަރ 31 އަށް އަށް މިއިދާރާގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 . މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2019 ޑިސެމްބަރ 31 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ސާފުކުރެއްވުން އެދެމެވެ.
4 . ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 05 ވަނަ ދުވަހުގެ 09:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.