މަސައްކަތް
ނަންބަރު: (IUL)258/2019/63
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 05 ޖަނަވަރީ 2020 09:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮއްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ބޭނުންވެއްޖެ

ހަނިމާދޫގައި އުފެދޭ ކުނި ނަގާ ކުނިކޮށްޓަށް ޖަމާކޮށް ނައްތާލާނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީ ހިސާބު ހުށައުޅުމުގެ ފުރުސަތު

1  ހަނިމާދޫގައި އުފެދޭ ކުނި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ހަފްތާއަކު 3 ދުވަހު ކުނީގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން ކުނިނަގާ ކުނިކޮށްޓަށް ގެންގޮސް ނައްތާލާނެ ފަރާތެއް ހޯދަން ކުރި އިއުލާން ނަންބަރު (IUL)258/2019/59 ގެ މައުލުމާތު ޝީޓުގައި ބައެއް މައުލުމާތު ހިމުނިފައި ނުވާތީވެ މި އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

2 . މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 29 އިން 2019 ޑިސެމްބަރ 31 އަށް އަށް މިއިދާރާގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 . މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2019 ޑިސެމްބަރ 31 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ސާފުކުރެއްވުން އެދެމެވެ.

4 . ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 05 ވަނަ ދުވަހުގެ 09:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

26 ޑިސެންބަރު 2019