ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

  1. މިސުކޫލްގައި ކުރަންވެފައި ހުރި ބައެއް މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)GS-90/PRIV/2019/26 އިއުލާން ވަނީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން ބާތިލުވެފައެވެ.ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. ބޯފެނާއި ފާޚާނާގެ ނިޒާމް މަރާމާތުކުރުން
  3. ފައުންޑޭޝަން ކުދިންގެ ޕުލޭ އޭރިޔާ މަރާމާތުކުރުމާއި (މިހާރު ހުރިތަނުން އެހެން ތަނަކަށް ގެޔާއެކު ބަދަލުކުރުން) އަދި ސްޓަޑީ ކޯނަރ ތައް މަރާމާތުކުރުން.
  4. ނޯޓިސް ބޯޑު މަރާމާތުކުރުން.
  5. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 25 އިން 2019 ޑިސެމްބަރ 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމްގައި އޮންނާނެއެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 08 ވާ ބުދަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމް ގައެވެ.

 

  1. މި ބީލަންތަކުގައި ބައިވެރިވާން އެދި ނަން ނޯޓްކުރައްވާ ފަރާތްތަކަށް ، މި ބީލަންތަކާގުޅޭ މަޢުލޫމާތު ކަރުދާސްތައް މެއިލް ކުރާނޭވާހަކަ ދެންނެވީމެވެ. ބީލަން ފޮތްތައް މި އިޢުލާނާ އެޓޭޗް ކުރެވިފައި ވާނެއެވެ. ކޮންމެ މަސައްކަތަކަށް ވެސް ހުށަހަޅަންވާނީ ވަކި ބީލަން ފޮތެކެވެ.  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  2. މައުލޫމާތު ދިނުމާއި ބިޑުހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަންބަޔާންކޮށް، އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުންވަންވާނެއެވެ.
  3. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
  4. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނޮޅިވަރަމު ސްކޫލް

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520555

އީ-މެއިލް: [email protected]

25 ޑިސެންބަރު 2019
ހޯދާ