މަސައްކަތް
ނަންބަރު: (IUL)GS-90/PRIV/2019/29
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި:
08 ޖަނަވަރީ 2020 11:00
ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
- މިސުކޫލްގައި ކުރަންވެފައި ހުރި ބައެއް މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)GS-90/PRIV/2019/26 އިއުލާން ވަނީ އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން ބާތިލުވެފައެވެ.ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- ބޯފެނާއި ފާޚާނާގެ ނިޒާމް މަރާމާތުކުރުން
- ފައުންޑޭޝަން ކުދިންގެ ޕުލޭ އޭރިޔާ މަރާމާތުކުރުމާއި (މިހާރު ހުރިތަނުން އެހެން ތަނަކަށް ގެޔާއެކު ބަދަލުކުރުން) އަދި ސްޓަޑީ ކޯނަރ ތައް މަރާމާތުކުރުން.
- ނޯޓިސް ބޯޑު މަރާމާތުކުރުން.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 25 އިން 2019 ޑިސެމްބަރ 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 09:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމްގައި އޮންނާނެއެވެ.
- ބިޑް ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 08 ވާ ބުދަ ދުވަހުގެ 10:00 ގައި ނޮޅިވަރަމު ސްކޫލްގެ އޭ.ވީ ރޫމް ގައެވެ.
- މި ބީލަންތަކުގައި ބައިވެރިވާން އެދި ނަން ނޯޓްކުރައްވާ ފަރާތްތަކަށް ، މި ބީލަންތަކާގުޅޭ މަޢުލޫމާތު ކަރުދާސްތައް މެއިލް ކުރާނޭވާހަކަ ދެންނެވީމެވެ. ބީލަން ފޮތްތައް މި އިޢުލާނާ އެޓޭޗް ކުރެވިފައި ވާނެއެވެ. ކޮންމެ މަސައްކަތަކަށް ވެސް ހުށަހަޅަންވާނީ ވަކި ބީލަން ފޮތެކެވެ. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- މައުލޫމާތު ދިނުމާއި ބިޑުހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަންބަޔާންކޮށް، އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުންވަންވާނެއެވެ.
- މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަމު ސްކޫލް
އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.
ފޯން: 6520555
އީ-މެއިލް: [email protected]
25 ޑިސެންބަރު 2019