އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިޔުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އެދި

A.Dh. Atoll School

A.Dh. Maamigili

Rep. of Maldives

Ref. No. GS42 / 2019/ 48

                           

އިޢުލާން

 __________________________________________________________________________

 

ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާބެހޭ:

 

1 ޖެނުވަރީ 2020 އިން 31 ޑިސެމްބަރު 2020 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރ GS-42/2019/41 އަށް ލިބިފައިވާ އެސްޓިމޭޓް ތައް އަގުބޮޑު ކަމަށް ފާހަގަ ކުރެވޭތީ އެއިޢުލާން ބާތިލްކޮއް އަލުން އެފުރުސަތު ހުޅުވާލަމެވެ.

މައުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

ތާރީޙް: 24 ޑިސެމްބަރ 2019 (އަންގާރަ)

ތާރީޙް: 26 ޑިސެމްބަރު 2019 (ބުރާސްފަތި)

ގަޑި: 13:00 / ތަން: އދ. އަތޮޅު މަދަރުސާ (އޮފީސް)

ގަޑި: 13:00 / ތަން: އދ. އަތޮޅު މަދަރުސާ (އޮފީސް)

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި  ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6680021 އާ ގުޅުއްވުން އެދެމެވެ.

                                20 ރަބީޢުލްއާހިރް 1441

                         17 ޑިސެމްބަރ 2019

 

 
   

 

އދ. އަތޮޅު މަދަރުސާ ( މާމިގިލި ، ދިވެހިރާއްޖެ (     ފޯނު: 6680021         ފެކްސް: 6680757         އީމެއިލް : Email:[email protected]    

17 ޑިސެންބަރު 2019
ހޯދާ