ދިވެހިރާއްޖެ
A.Dh. Atoll School
A.Dh. Maamigili
Rep. of Maldives
Ref. No. GS42 / 2019/ 48
އިޢުލާން
__________________________________________________________________________
ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާބެހޭ:
1 ޖެނުވަރީ 2020 އިން 31 ޑިސެމްބަރު 2020 އަށް މި ސްކޫލުގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުޞޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރ GS-42/2019/41 އަށް ލިބިފައިވާ އެސްޓިމޭޓް ތައް އަގުބޮޑު ކަމަށް ފާހަގަ ކުރެވޭތީ އެއިޢުލާން ބާތިލްކޮއް އަލުން އެފުރުސަތު ހުޅުވާލަމެވެ.
| 
 މައުލޫމާތު ސާފުކުރުން  | 
 ބިޑް ހުށަހެޅުން  | 
| 
 ތާރީޙް: 24 ޑިސެމްބަރ 2019 (އަންގާރަ)  | 
 ތާރީޙް: 26 ޑިސެމްބަރު 2019 (ބުރާސްފަތި)  | 
| 
 ގަޑި: 13:00 / ތަން: އދ. އަތޮޅު މަދަރުސާ (އޮފީސް)  | 
 ގަޑި: 13:00 / ތަން: އދ. އަތޮޅު މަދަރުސާ (އޮފީސް)  | 
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑު ކޮޕީއާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6680021 އާ ގުޅުއްވުން އެދެމެވެ.
20 ރަބީޢުލްއާހިރް 1441
17 ޑިސެމްބަރ 2019
އދ. އަތޮޅު މަދަރުސާ ( މާމިގިލި ، ދިވެހިރާއްޖެ ( ފޯނު: 6680021 ފެކްސް: 6680757 އީމެއިލް : Email:[email protected]