ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް
- 2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުންކުރި ނަމްބަރ02, GS57/2019/14 ޑިސެމްބަރ 2019ގައި ކޮށްފައިވާ އިޢުލާން ބާތިލްކޮށް ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
މަސައްކަތް |
2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް |
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ޑިސެމްބަރ 2019އިން 18 ޑިސެމްބަރ 2019އަށް ސަރުކާރު ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30އިން މެންދުރު 12:00އަށް ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޑިސެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
- ބީލަން ބަލައިގަތުމާއި ބިޑްތައް ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2019ވާ އާދީއްތަ ދުވަހުގެ 11:00ގައި މިސްކޫލުގެ ލައިބްރަރީގައެވެ.
- މި ބީލަމާއި ގުޅޭ ބީލަން ފޮތް ނަންނޯޓްކުރާ ފަރާތްތަކަށް ދޫކުރެވޭނެވާހަކަ ދަންނަވަމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު
ފޯން: 6580097
އީމެއިލް: [email protected]
16 ޑިސެންބަރު 2019
ހޯދާ