މަސައްކަތް
ނަންބަރު: GS57/2019/15
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 22 ޑިސެންބަރު 2019 11:00
ހުޅުދުއްފާރު ސްކޫލް
ދިވެހިރާއްޖެ
2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް

  1. 2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުންކުރި ނަމްބަރ02, GS57/2019/14  ޑިސެމްބަރ 2019ގައި ކޮށްފައިވާ އިޢުލާން ބާތިލްކޮށް ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

މަސައްކަތް

2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތް

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ޑިސެމްބަރ 2019އިން 18 ޑިސެމްބަރ 2019އަށް ސަރުކާރު ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30އިން މެންދުރު 12:00އަށް ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓްކުރާ ފަރާތްތަކަށެވެ.
  2. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޑިސެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
  3. ބީލަން ބަލައިގަތުމާއި ބިޑްތައް ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2019ވާ އާދީއްތަ ދުވަހުގެ 11:00ގައި މިސްކޫލުގެ ލައިބްރަރީގައެވެ.
  4. މި ބީލަމާއި ގުޅޭ ބީލަން ފޮތް ނަންނޯޓްކުރާ ފަރާތްތަކަށް ދޫކުރެވޭނެވާހަކަ ދަންނަވަމެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

   ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު

   ފޯން: 6580097

   އީމެއިލް: [email protected]

16 ޑިސެންބަރު 2019