ދިވެހިރާއްޖެ
މި ކައުންސިލުން ދައްކާގޮތެއްގެ މަތިން ލ.މުންޑޫ މަސްޖިދުލް އަމާނާތުގެ ދާލައާއި ދެ ފާލަން އަދި މިސްކިތުގެ ވަޅާއިމަޑި އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މުންޑޫ ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީހް |
ދުވަސް |
ގަޑި |
މައުލޫމާތު ސާފުކުރުން |
މުންޑޫ ކައުންސިލްގެ އިދާރާ |
19 ޑިސެމްބަރ 2019 |
ބުރާސްފަތި |
10:00 |
އެސްޓިމޭޓް ހުށައެޅުން |
މުންޑޫ ކައުންސިލްގެ އިދާރާ |
24 ޑިސެމްބަރ 2019 |
އަންގާރަ |
10:00 |
މައުލޫމާތު ސާފްކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނު (2014/18) ދަށުން މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތަކަށެވެ. އަދި މަޢްލޫމާތު ސާފްކުރަން ވަޑައިގަންނަވާ ފަރާތުގެ ހައިސިއްޔަތު އަންގައިދޭ ސިޓީ ގެންނަން ވާނެއެވެ. މައުލޫމާތު ސާފްކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށައެޅުމަށް ގަޑިޖެހިގެން އަންނަ ބޭފުޅުން ބައިވެރި ނުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.