މަސައްކަތް
ނަންބަރު: (IUI)398-C/398/2019/38
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 24 ޑިސެންބަރު 2019 10:00
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މުންޑޫ މަސްޖިދުލްއަމާނާތުގެ ދާލައާއި ދެ ފާލަން އަދި ވަޅާއިމަޑި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ(.)

މި ކައުންސިލުން ދައްކާގޮތެއްގެ މަތިން ލ.މުންޑޫ މަސްޖިދުލް އަމާނާތުގެ ދާލައާއި ދެ ފާލަން އަދި މިސްކިތުގެ ވަޅާއިމަޑި އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

         ވީމާ  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މުންޑޫ ކައުންސިލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީހް

ދުވަސް

ގަޑި

މައުލޫމާތު ސާފުކުރުން

މުންޑޫ ކައުންސިލްގެ އިދާރާ

19 ޑިސެމްބަރ 2019

ބުރާސްފަތި

10:00

އެސްޓިމޭޓް ހުށައެޅުން

މުންޑޫ ކައުންސިލްގެ އިދާރާ

24 ޑިސެމްބަރ 2019

އަންގާރަ

10:00

            މައުލޫމާތު ސާފްކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނު (2014/18) ދަށުން މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތަކަށެވެ. އަދި މަޢްލޫމާތު ސާފްކުރަން ވަޑައިގަންނަވާ ފަރާތުގެ ހައިސިއްޔަތު އަންގައިދޭ ސިޓީ ގެންނަން ވާނެއެވެ.  މައުލޫމާތު ސާފްކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށައެޅުމަށް ގަޑިޖެހިގެން އަންނަ ބޭފުޅުން ބައިވެރި ނުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

12 ޑިސެންބަރު 2019