މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްކޫލުގެ ބައެއް އިމާރާތްތަކުގައި ކުލަޔާއި ދަވާދުލުން
ސްކޫލުގެ ބައެއް އިމާރާތްތަކުގައި ކުލަޔާއި ދަވާދުލުން (2 ވަނަ އިޢުލާން)
މި ސްކޫލުގެ ނަންބަރު: GS106/IU/2019/053 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރީމެވެ.
- މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ބައެއް އިމާރާތްތަކުގައި ކުލަޔާއި ދަވާދު ލައިދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރު 12 އިން 2019 ޑިސެމްބަރު 17 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ އޮފީހަށް ދުރުވެ ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރު 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.
- ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާއުނގޫދޫ ސްކޫލުގެ އޮފީހުގައެވެ.
- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވިފައިވާނެއެވެ. އަދި މި ސްކޫލަށް ދުރުވެ ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާއުނގޫދޫ ސްކޫލް | ކަރަންކާމަގު، ށ. މާއުނގޫދޫ
ފޯން: 6540554 | އީމެއިލް: [email protected]
12 ޑިސެންބަރު 2019
ހޯދާ