މަސައްކަތް
ނަންބަރު: GS106/IU/2019/057
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 17 ޑިސެންބަރު 2019 14:00
މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ބައެއް އިމާރާތްތަކުގައި ކުލަޔާއި ދަވާދުލުން

ސްކޫލުގެ ބައެއް އިމާރާތްތަކުގައި ކުލަޔާއި ދަވާދުލުން (2 ވަނަ އިޢުލާން)

މި ސްކޫލުގެ ނަންބަރު: GS106/IU/2019/053 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރީމެވެ.

  1. މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގެ ބައެއް އިމާރާތްތަކުގައި ކުލަޔާއި ދަވާދު ލައިދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މި ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރު 12 އިން 2019 ޑިސެމްބަރު 17 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ އޮފީހަށް ދުރުވެ ނަންނޯޓު ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ.
  3. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރު 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.
  4. ބިޑް ހުށައެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާއުނގޫދޫ ސްކޫލުގެ އޮފީހުގައެވެ.
  5. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވިފައިވާނެއެވެ. އަދި މި ސްކޫލަށް ދުރުވެ ނަންނޯޓު ކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެއެވެ.
  6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާއުނގޫދޫ ސްކޫލް | ކަރަންކާމަގު، ށ. މާއުނގޫދޫ

ފޯން: 6540554 | އީމެއިލް: [email protected]

12 ޑިސެންބަރު 2019