މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލު ބޮޑު ޗުއްޓީގައިނައިޓްމާކެޓް ހިންގަން ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލުން

   2019 ވަނަ އަހަރުގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީގެ ތެރޭ މާލެ ސިޓީގައި ނައިޓްމާކެޓް ބޭއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް މި ކައުންސިލުން ކުރި ނަންބަރު: IUL)425-A2/425/2019/111)ވ (26 ނޮވެމްބަރ 2019) އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ޙާޟިރުވެފައި ވަނީ ދެފަރާތަކުން ކަމުގައިވާތީ ، އެ އިޢުލާން ބާޠިލުކޮށް ނައިޓްމާކެޓް ހިންގުމަށް ޕްރޮޕޯސަލްހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މައުލޫމާތުޝީޓަށް އެއްވެސް ބަދަލެއްއައިސްފައިނުވާވާހަކަ ދަންނަވަމެވެ. ނައިޓްމާކެޓާއި ބެހޭ މަޢުލޫމާތު މިއިދާރާގެ ވެބްސައިޓް www.malecity.gov.mv އިން  ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ޕްރޮޕޯސަލް ހުށަހެޅުން

12 ޑިސެމްބަރ 2019

13:00

މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ މާފަންނު އޮފީސް

   މަތީގައި ދަންނަވާފައިވާ ގަޑީގައި  ޕްރޮޕޯސަލް ބަލައިގަތުން އޮންނާނެއެވެ. ގަޑިޖެހުމުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ.  އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.

                                  08 ރަބީއުލްއާޚިރު 1441

05 ޑިސެންބަރު 2019
ހޯދާ