ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ސްކޫލުތަކުގެ ބޮޑު ޗުއްޓީގެ ތެރޭ މާލެ ސިޓީގައި ނައިޓްމާކެޓް ބޭއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށް މި ކައުންސިލުން ކުރި ނަންބަރު: IUL)425-A2/425/2019/111)ވ (26 ނޮވެމްބަރ 2019) އިޢުލާނާ ގުޅިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ޙާޟިރުވެފައި ވަނީ ދެފަރާތަކުން ކަމުގައިވާތީ ، އެ އިޢުލާން ބާޠިލުކޮށް ނައިޓްމާކެޓް ހިންގުމަށް ޕްރޮޕޯސަލްހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އަދި މައުލޫމާތުޝީޓަށް އެއްވެސް ބަދަލެއްއައިސްފައިނުވާވާހަކަ ދަންނަވަމެވެ. ނައިޓްމާކެޓާއި ބެހޭ މަޢުލޫމާތު މިއިދާރާގެ ވެބްސައިޓް www.malecity.gov.mv އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.
|
ތާރީޚް |
ގަޑި |
ތަން |
ޕްރޮޕޯސަލް ހުށަހެޅުން |
12 ޑިސެމްބަރ 2019 |
13:00 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ/ މާފަންނު އޮފީސް |
މަތީގައި ދަންނަވާފައިވާ ގަޑީގައި ޕްރޮޕޯސަލް ބަލައިގަތުން އޮންނާނެއެވެ. ގަޑިޖެހުމުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 3323901 އަށް ގުޅުއްވުން އެދެމެވެ.
08 ރަބީއުލްއާޚިރު 1441