ދިވެހިރާއްޖެ
މި މަދަރުސާގެ ބައެއް މަރާމާތުތައް ކޮށްދޭނޭފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ސްކޫލުގެ މަރާމާތުތަށް ކުރާނޭ ފަރާތެއް ހޯދުމަށް 26 ނޮވެމްބަރ 2019ގައި މި ސްކޫލުން ކުރި ނަންބަރ:GS91/IUL/2019/23 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިއުލާން ބާތިލްކޮށް ސްކޫލުގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.
މި ސްކޫލު ހޯލްއިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުމާއި ، ދަރިވަރުންގެ ފާހާނާތައް މަރާމާތުކުރުން އަދި ސްކޫލު އިމާރާތްތަކުގައި ކުލަލައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފްކުރުން އޮންނާނީ 2019 ޑިސެމްބަރ 10 އަންގާރަ ދުވަހުގެ 11:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.