މަސައްކަތް
ނަންބަރު: GS91/IUL/2019/33
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 10 ޑިސެންބަރު 2019 11:00
ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގައި ބައެއްމަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުން

މި މަދަރުސާގެ ބައެއް މަރާމާތުތައް ކޮށްދޭނޭފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ސްކޫލުގެ މަރާމާތުތަށް ކުރާނޭ ފަރާތެއް ހޯދުމަށް 26   ނޮވެމްބަރ 2019ގައި މި ސްކޫލުން ކުރި ނަންބަރ:GS91/IUL/2019/23  އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ  އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިއުލާން ބާތިލްކޮށް ސްކޫލުގެ ބައެއް މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

 މި ސްކޫލު ހޯލްއިމާރާތުގެ ޕާޓިޝަންތައް މަރާމާތުކުރުމާއި ، ދަރިވަރުންގެ ފާހާނާތައް މަރާމާތުކުރުން އަދި ސްކޫލު އިމާރާތްތަކުގައި ކުލަލައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފްކުރުން އޮންނާނީ 2019 ޑިސެމްބަރ 10 އަންގާރަ ދުވަހުގެ 11:00 ގައި ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ޑިސެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި  ނޭކުރެންދޫ ސްކޫލް އޮފީހުގައެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަދަންނަވަމެވެ.

 ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ މިކަން ޢާންމުކޮށް އަންގާ އިޢްލާނު ކުރީމެވެ.

05 ޑިސެންބަރު 2019