ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ސްކޫލުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރ: GS-26/IUL/2019/66

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 

 

  1. 2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލުގައި ކުރަންޖެހޭ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތްތަކައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

-         ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން

-         ސްޓާފް ފާޚާނާ މަރާމާތުކުރުން

-         ދެބުރި އިމާރާތުގެ ދިޔަދޮވި ބަދަލުކުރުން

-         ކުލާސްރޫމްތަކުގެ ސޮކެޓް، ސްވިޗް، ހޮޅިބުރި ފަދަތަކެތި ބަދަލުކުރުން

-         ދެބުރި އިމާރާތުގައި ކުލަލުން

-         ކުލާސްރޫމް ދޮރުފަތްތަކުގެ ހުޅު، ތަންޑު، އަދި ތަޅު ރަގަޅުކުރުން

-         ދަރިވަރުން ހިގާމަގު (ވޯކް ވޭ) ރަގަޅުކުރުން

-         ސްކޫލް ގޭޓްތަކުގައި ދަވާދުލުން

-         ބާރަ ކުލާސްރޫމް އިމާރާތް (3 ބުރި އިމާރާތް) ކުޑަދޮރުތަކުން ފެންލީކުވުން ރަގަޅުކުރުން

-         ސޯޅަ ކުލާސްރޫމް އިމާރާތުގެ (3 ބުރި އިމާރާތް) ދޮރުފޮތި ހަރުކުރުން

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 ޑިސެންބަރު 2019 އިން 08 ޑިސެންބަރު 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 09 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

 

 

  1. ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. ތިނަދޫ

ފޯން: 6840002

އީ-މެއިލް: [email protected]

 

05 ރަބީޢުލްއާޚިރު 1441

02 ޑިސެންބަރު  2019          

02 ޑިސެންބަރު 2019
ހޯދާ