ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS-26/IUL/2019/66
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލުގައި ކުރަންޖެހޭ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތްތަކައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- ދަރިވަރުންގެ ފާޚާނާ މަރާމާތުކުރުން
- ސްޓާފް ފާޚާނާ މަރާމާތުކުރުން
- ދެބުރި އިމާރާތުގެ ދިޔަދޮވި ބަދަލުކުރުން
- ކުލާސްރޫމްތަކުގެ ސޮކެޓް، ސްވިޗް، ހޮޅިބުރި ފަދަތަކެތި ބަދަލުކުރުން
- ދެބުރި އިމާރާތުގައި ކުލަލުން
- ކުލާސްރޫމް ދޮރުފަތްތަކުގެ ހުޅު، ތަންޑު، އަދި ތަޅު ރަގަޅުކުރުން
- ދަރިވަރުން ހިގާމަގު (ވޯކް ވޭ) ރަގަޅުކުރުން
- ސްކޫލް ގޭޓްތަކުގައި ދަވާދުލުން
- ބާރަ ކުލާސްރޫމް އިމާރާތް (3 ބުރި އިމާރާތް) ކުޑަދޮރުތަކުން ފެންލީކުވުން ރަގަޅުކުރުން
- ސޯޅަ ކުލާސްރޫމް އިމާރާތުގެ (3 ބުރި އިމާރާތް) ދޮރުފޮތި ހަރުކުރުން
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 03 ޑިސެންބަރު 2019 އިން 08 ޑިސެންބަރު 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 09 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. އަތޮޅު ތަޢުލީމީމަރުކަޒު
ގދ. ތިނަދޫ
ފޯން: 6840002
އީ-މެއިލް: [email protected]
05 ރަބީޢުލްއާޚިރު 1441
02 ޑިސެންބަރު 2019