އިސްދޫ ސްކޫލް
ދިވެހިރާއްޖެ
އިސްދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އިސްދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން GS-186/IU/2019/21

އާއި ގުޅިގެން ނަންނޯޓްކުރަން ދުރުވީ އެންމެ 2 ފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

1. 1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 އަށް އިސްދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރ ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2.  މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 01 ޑިސެމްބަރ 2019 އިން 02 ޑިސެމްބަރ 2019 އަށް ( ރަސްމީ ދުވަސްތަކު ރަސްމީ ގަޑީގަ ) އިސްދޫ ސްކޫލް އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.  އަދި ނަންނޯޓް ކުރައްވާފަރާތްތަކަށް މަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 04 ޑިސެންބަރ 2019 ވާ ބުދަ ދުވަހު 13:30 ގައި އިސްދޫ ސްކޫލްގައެވެ.

3.  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 11 ޑިސެމްބަރ 2019 ވާ ބުދަ  ދުވަހު ގެ މެންދުރު 13:00 ގައި  އިސްދޫ ސްކޫލްގައެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ ނަންބަރަށް ( ރަސްމީގަޑީގައި ) ގުޅުއްވުމުން  ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އިސްދޫ ސްކޫލް

ފޯން:  6800562,

އީ-މެއިލް: [email protected]

28 ނޮވެމްބަރ 2019

28 ނޮވެންބަރު 2019
ހޯދާ