ދިވެހިރާއްޖެ
އިޢުލާން
އިސްދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން GS-186/IU/2019/21
އާއި ގުޅިގެން ނަންނޯޓްކުރަން ދުރުވީ އެންމެ 2 ފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
1. 1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 އަށް އިސްދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރ ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
2. މި މަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 01 ޑިސެމްބަރ 2019 އިން 02 ޑިސެމްބަރ 2019 އަށް ( ރަސްމީ ދުވަސްތަކު ރަސްމީ ގަޑީގަ ) އިސްދޫ ސްކޫލް އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި ނަންނޯޓް ކުރައްވާފަރާތްތަކަށް މަސައްކަތާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 04 ޑިސެންބަރ 2019 ވާ ބުދަ ދުވަހު 13:30 ގައި އިސްދޫ ސްކޫލްގައެވެ.
3. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހު ގެ މެންދުރު 13:00 ގައި އިސްދޫ ސްކޫލްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ ނަންބަރަށް ( ރަސްމީގަޑީގައި ) ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
އިސްދޫ ސްކޫލް
ފޯން: 6800562,
އީ-މެއިލް: [email protected]
28 ނޮވެމްބަރ 2019