ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ރިސެޕްޝަން އޭރިޔާ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލްގެ ރިސެޕްޝަން އޭރިޔާ މަރާމާތު ކުރުމަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 22 އޮކްޓޫބަރު 2019 ގައި ކުރެވުނު ނަންބަރު 2019/23 ގެ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

1-    ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2019 ނޮވެމްބަރު 24 އިން ފެށިގެން ނޮވެމްބަރު  28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާ ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

2-    މިމަސައްކަތާއި ބެހޭ އެންމެހާއި ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓަށް މި އޮފީހުގެ ވެބްސައިޓް www.haadhaal.gov.mv އިން 24 ނޮވެންބަރ 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

3-    މިމަސައްކަތާ ބެހޭގޮތުން  ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2019 ޑިސެންބަރު 1 ވާ އާދީއްތަ  ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

4-    ބީލަންތައް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 8  ވާ އާދީއްތަ  ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

5-    އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ

އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

ފޯން: 6528801

އީމެއިލް: [email protected]

 

23 ނޮވެންބަރު 2019
ހޯދާ