ދިވެހިރާއްޖެ
މިކައުންސިލްގެ ރިސެޕްޝަން އޭރިޔާ މަރާމާތު ކުރުމަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 22 އޮކްޓޫބަރު 2019 ގައި ކުރެވުނު ނަންބަރު 2019/23 ގެ އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
1- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2019 ނޮވެމްބަރު 24 އިން ފެށިގެން ނޮވެމްބަރު 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އާ ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
2- މިމަސައްކަތާއި ބެހޭ އެންމެހާއި ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓަށް މި އޮފީހުގެ ވެބްސައިޓް www.haadhaal.gov.mv އިން 24 ނޮވެންބަރ 2019 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
3- މިމަސައްކަތާ ބެހޭގޮތުން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2019 ޑިސެންބަރު 1 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
4- ބީލަންތައް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 8 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
5- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ
އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ
ފޯން: 6528801
އީމެއިލް: [email protected]