ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
މެއިން ހޯލް މަރާމާތުކުރާނެ ފަރާތެއް ބޭނުންވެއްޖެ

މެއިން ހޯލް މަރާމާތުކުރާނެ ފަރާތެއް ބޭނުންވެއްޖެ

1         މިސްކޫލްގެ ސްޓޭޖްހިމެނޭ ކުލާސްތަކުގައި އެލްމިނިއަމް ދޮރުލައި ، މިހާރު ނުރާނައި ހުރި ތަންތަން ބިއްލޫރިޖަހައި ބައްދައި ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

2         މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެންބަރު 23 ން 2019 ނޮވެންބަރު 25 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެންބަރު 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4         މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ  2019 ނޮވެންބަރު 27 ވަނަ ދުވަހުގެ 9:00  ގައި މިސްކޫލްގައެވެ.

5         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 3 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.

6         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހަންޏާމީދޫ ސްކޫލް

އދ.ހަންޏާމީދޫ

ފޯން: 6680837

އީ-މެއިލް: [email protected]

 

 

24 ރަބީޢުލްއައްވަލް 1441ހ

21 ނޮވެންބަރު 2019
ހޯދާ