ދިވެހިރާއްޖެ
މެއިން ހޯލް މަރާމާތުކުރާނެ ފަރާތެއް ބޭނުންވެއްޖެ
1 މިސްކޫލްގެ ސްޓޭޖްހިމެނޭ ކުލާސްތަކުގައި އެލްމިނިއަމް ދޮރުލައި ، މިހާރު ނުރާނައި ހުރި ތަންތަން ބިއްލޫރިޖަހައި ބައްދައި ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެންބަރު 23 ން 2019 ނޮވެންބަރު 25 ށް ބަންދުނޫން ދުވަސްތަކުގެ 9:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެންބަރު 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތުދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެންބަރު 27 ވަނަ ދުވަހުގެ 9:00 ގައި މިސްކޫލްގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެންބަރު 3 ވަނަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
6 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހަންޏާމީދޫ ސްކޫލް
އދ.ހަންޏާމީދޫ
ފޯން: 6680837
އީ-މެއިލް: [email protected]
24 ރަބީޢުލްއައްވަލް 1441ހ