ޏ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލައް، ދިވެހިރާއްޖެ

 

 

 

       އިޢުލާން

                                                                      ނަންބަރ: (I)(I) /HR/2019/15

މިހޮސްޕިޓަލުގައި ވޮލަންޓިއާރކޮށް މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަސައްކަތަށް ބޭނުންވަނީ ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:

05 (ފަހެއް)

މަސައްކަތްކުރަންޖެހޭ ތަން

ފުވައްމުލަކު ހޮސްޕިޓަލް

އުޖޫރަ:

މިމަޤާމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެއްވެސް އުޖޫރައެއް ނުލިބޭނެ

މަސައްކަތްކުރަންޖެހޭ ގަޑި

ހެދުނު 8:00 އިން ހަވީރު 16:00 އަށް

ހަވީރު 16:00 އިން ދަންވަރު 0.00

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ބަލިމީހާ ބުނާއެއްޗެއް އޭގެ އެންމެ ފުރިހަމަގޮތުގައި އިނގިރޭސި ބަހުން ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި ޑޮކްޓަރ ދެއްވާ ލަފައާއި މަޝްވަރާ އޭގެ އެންމެފުރިހަމަގޮތުގައި ބަލިމީހާއަށް ދިވެހިބަހުން ބުނެދިނުން.

- ބަލިމީހުންގެ ސިއްރުތައް ހިފެއްޓުމާއި ، ހަމަހަމަކަމާއި އެކު ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ޚިދުމަތްދިނުމަށް މަސައްކަތްކުރުން.

- ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް، ހޮސްޕިޓަލަށް ފަރުވާ ލިބިގަތުމަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމާއި މަޢުލޫމާތު ދިނުން.

- މެޑިކަލް ސެޓްފިކެޓް ހޯދަން އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެކަންތައް ހަމަޖައްސައި ދިނުން.

- ބަލިމީހާގެ މަޢުލޫމާތުތައް ރަގަޅަށް ޗެކްކޮށް ރެޖިސްޓަރ ކުރުން.

ޝަރުތުތައް:

  1. 1.      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އެޭގެ އިތުރުން ' ސެކަންޑްރީ ސްކޫލް ' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް 'ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުން.

 

ހުށަހަޅަންޖެހޭތަކެތި:

-                                                               ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް މިއޮފީހުން ލިބެންހުންނާނެއެވެ.)

-                                                               ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:                                   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ނޮވެމްބަރ 2019 ގެ 13:30 ގެ ކުރިން، މިހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860919 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6860919 އެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ.

 

 

22 ރަބީޢުލްޢައްވަލް   1441ހ.

19  ނޮވެމްބަރ    2019 މ. 

 

 

 

 

 

 

 

އަޙުމަދު ސަޢީދު

                                                               މެނޭޖަރ އޮފް ހެލްތް ސާރވިސަސް

20 ނޮވެންބަރު 2019
ހޯދާ