ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލް
ފުވައްމުލައް، ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: (I)(I) /HR/2019/15
މިހޮސްޕިޓަލުގައި ވޮލަންޓިއާރކޮށް މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިމަސައްކަތަށް ބޭނުންވަނީ ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.
މަގާމު: |
ރިސެޕްޝަނިސްޓް |
ބޭނުންވާ އަދަދު: |
05 (ފަހެއް) |
މަސައްކަތްކުރަންޖެހޭ ތަން |
ފުވައްމުލަކު ހޮސްޕިޓަލް |
އުޖޫރަ: |
މިމަޤާމުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެއްވެސް އުޖޫރައެއް ނުލިބޭނެ |
މަސައްކަތްކުރަންޖެހޭ ގަޑި |
ހެދުނު 8:00 އިން ހަވީރު 16:00 އަށް ހަވީރު 16:00 އިން ދަންވަރު 0.00 |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
- ބަލިމީހާ ބުނާއެއްޗެއް އޭގެ އެންމެ ފުރިހަމަގޮތުގައި އިނގިރޭސި ބަހުން ޑޮކްޓަރަށް ތަރުޖަމާކޮށްދިނުމާއި ޑޮކްޓަރ ދެއްވާ ލަފައާއި މަޝްވަރާ އޭގެ އެންމެފުރިހަމަގޮތުގައި ބަލިމީހާއަށް ދިވެހިބަހުން ބުނެދިނުން. - ބަލިމީހުންގެ ސިއްރުތައް ހިފެއްޓުމާއި ، ހަމަހަމަކަމާއި އެކު ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ޚިދުމަތްދިނުމަށް މަސައްކަތްކުރުން. - ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް، ހޮސްޕިޓަލަށް ފަރުވާ ލިބިގަތުމަށް އަންނަ ބަލިމީހުންނަށް ދިމާވާ ތަފާތު މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމާއި މަޢުލޫމާތު ދިނުން. - މެޑިކަލް ސެޓްފިކެޓް ހޯދަން އެދޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އެކަންތައް ހަމަޖައްސައި ދިނުން. - ބަލިމީހާގެ މަޢުލޫމާތުތައް ރަގަޅަށް ޗެކްކޮށް ރެޖިސްޓަރ ކުރުން. |
ޝަރުތުތައް: |
|
ހުށަހަޅަންޖެހޭތަކެތި: |
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( މިފޯމް މިއޮފީހުން ލިބެންހުންނާނެއެވެ.) - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ނޮވެމްބަރ 2019 ގެ 13:30 ގެ ކުރިން، މިހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860919 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6860919 އެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ.
|
22 ރަބީޢުލްޢައްވަލް 1441ހ.
19 ނޮވެމްބަރ 2019 މ.
އަޙުމަދު ސަޢީދު
މެނޭޖަރ އޮފް ހެލްތް ސާރވިސަސް