ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫކައުންސިލްގެ އިދާރާ Secretariat of the Holhudhoo Council
ހޮޅުދޫ - ދިވެހިރާއްޖެ Holhudhoo – Rep of Maldives
ނަމްބަރ: IUL)295-B/2019/42)
އިޢުލާން
މިއިދާރާއަށް 06 ސީސީޓީވީ ކެމެރާ ސަޕްލައިކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިކަން ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން
28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އާއި 12:00 އާއި ދެމެދު މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ފޯނުން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގެ ތެރޭގައި މިއިދާރާގެ މެއިލްއަށް ރިކުއެސްޓް ކުރެއްވުމުން އެމަޢުލޫމާތު އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ: 6560009 ފޯނާއެވެ.
- އެސްޓިމޭޓްތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މެއިލް އެޑްރެހަކީ [email protected] އެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެސްޓިމޭޓް ހުށަހަޅުއްވާއިރު، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
24 އޮކްޓޯބަރ 2019