މަސައްކަތް
ނަންބަރު: (IUL)295-B/2019/42
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 31 އޮކްޓޫބަރު 2019 11:00
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ކައުންސިލަށް 06 ސީސީޓީވީ ކެމެރާ ހޯދުމަށް

 

މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫކައުންސިލްގެ އިދާރާ          Secretariat of the Holhudhoo Council

    ހޮޅުދޫ - ދިވެހިރާއްޖެ                     Holhudhoo – Rep of Maldives                                                

                                         

                             ނަމްބަރ: IUL)295-B/2019/42)

އިޢުލާން

                      

                މިއިދާރާއަށް 06 ސީސީޓީވީ ކެމެރާ ސަޕްލައިކޮށް، އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ،  މިއިދާރާއިންދޭ  މަޢުލޫމާތާއި  އެއްގޮތަށް  މިކަން ކޮށްދެއްވަން  ޝައުޤުވެރިވެލައްވާ  ފަރާތްތަކުން

28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އާއި 12:00 އާއި ދެމެދު މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. ފޯނުން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑީގެ ތެރޭގައި މިއިދާރާގެ މެއިލްއަށް ރިކުއެސްޓް ކުރެއްވުމުން އެމަޢުލޫމާތު އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ: 6560009 ފޯނާއެވެ.
  • އެސްޓިމޭޓްތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މެއިލް އެޑްރެހަކީ [email protected] އެވެ.

   މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެސްޓިމޭޓް ހުށަހަޅުއްވާއިރު، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

24 އޮކްޓޯބަރ 2019

24 އޮކްޓޫބަރު 2019