ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޚާއްސަ ޢާއްމު ޖަލްސާ ބޭއްވުން ފަސްކުރުމާއިބެހޭ

ނަމްބަރ: VAM/IL/2019/7022   

އިޢުލާން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް ބާއްވާ ޚާއްސަ ޢާއްމު ޖަލްސާ 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ރޭ 09:00 ގައި ޔޫތް ސެންޓަރގެ ސެމިނަރ ރޫމްގައި ބޭއްވުމަށް 13 އޮކްޓޯބަރ 2019 ވަނަ ދުވަހު ކޮށްފައިވާ VAM/IL/2019/7020 ނަމްބަރު ޢިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އިންތިޚާބާއިގުޅޭގޮތުން ސާފުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާއިއެކު އެކަންކަން ބަލާނިމެންދެން އިންތިޚާބު ފަސްކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެދިފައިވާތީ، 13 އޮކްޓޯބަރ 2019 ވަނަ ދުވަހު މި އެސޯސިއޭޝަނުން ކޮށްފައިވާ VAM/IL/2019/7020 ނަމްބަރ އިޢުލާން  ބާޠިލްކޮށް މި އެސޯސިއޭޝަންގެ ހިންގާ ކޮމެޓީ އިންތިޚާބުކުރުމަށް ބާއްވާ ޚާއްސަ ޢާއްމު ޖަލްސާ ބާއްވާނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

23 އޮކްޓޯބަރ 2019

23 އޮކްޓޫބަރު 2019
ހޯދާ