ދިވެހިރާއްޖެ
އިޢުލާން
ނަޑެއްލާ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައާއި ކައުންސިލުން ދޭ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:
ނަޑެއްލާ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައާއި ކައުންސިލުން ޙަވާލުކުރާ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް ކުރުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން: 23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި.
- އަންދާސީ ހިސާބު ބަލައިގަތުން: 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
21 ޞަފަރު 1441
20 އޮކްޓޯބަރ 2019