މަސައްކަތް
ނަންބަރު: (IUL)418-AS/418/2019/58
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 10:17
ސުންގަޑި: 28 އޮކްޓޫބަރު 2019 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަޑެއްލާ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައާއި ކައުންސިލުން ދޭ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

ނަޑެއްލާ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައާއި ކައުންސިލުން ދޭ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:

ނަޑެއްލާ ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައާއި ކައުންސިލުން ޙަވާލުކުރާ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް ކުރުމަށް އެދި" މިގޮތަށް ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:    23 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި.
  2. އަންދާސީ ހިސާބު ބަލައިގަތުން: 28 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގައި.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޞަފަރު 1441      

20 އޮކްޓޯބަރ 2019  

20 އޮކްޓޫބަރު 2019