ދިވެހިރާއްޖެ
ނޫސް ބަޔާން
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި، އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅަފައިވާ ފަރާތްތަކުގެ މައުލޫމާތު ބަޔާންކޮށް މި މިނިސްޓްރީއިން 25 ސެޕްޓެމްބަރ 2019 ގައި އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ލިޔުމުގެ ކުށެއް ހިމެނޭތީ އެ ނޫސް ބަޔާން ބާޠިލްކުރެވިފައިވާ ވާހަކަދެންނެވީމެވެ.
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި، ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވާކަން މި މިނިސްޓްރީއަށް ފާހަގަ ކުރެވިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ތަޙުޤީޤު ކުރުމަށް ފޮނުވާފައިވާ ފަރާތްތަކުގެ މައުލޫމާތު ތިރީގައި މިވަނީއެވެ.
ވަޒީފާ ދޭ ފަރާތުގެ ނަން |
ވިޔަފާރި ރަޖިސްޓްރީ ނަންބަރު/ އައި.ޑީ ކާޑު ނަންބަރު |
ނިއު ސަން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް |
C-0250/2015 |
ވެމްޒޯ ޕްރައިވެޓް ލިމިޓެޑް |
C-0589/2017 |
ސަރަމީ ޕްރައިވެޓް ލިމިޓެޑް |
C-0561/2015 |
ޒުބައިރު ޢަބްދުﷲ (ރަން ހިރު ފެހުން) |
A009305 |
ސައިފުﷲ ޙަސަން (ކިންގް ކޮންސްޓްރަކްޝަން) |
A120874 |
ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް |
C-0022/2005 |
ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް |
C-0664/2014 |
އުޘްމާން ނަޢީމް (ކޮމްބައިން ބިލްޑް) |
A069154 |
މުޙައްމަދު ފަތުޙުﷲ (އެފް.އެސް.ބީ ހޯލްޑިންގްސް) |
A007173 |
ސަން ސިޓީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް |
C-0261/2015 |
ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް |
|
ވޯޓަރ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް |
C-0675/2014 |
ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި މި މިނިސްޓްރީއަށް ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާކަން ފާހަގަ ކުރެވޭ ފަރާތްތަކުގެ މައުލޫމާތު މި މިނިސްޓްރީން އާންމުކޮށް އިއުލާންކުރަމުންދާނެ ވާހަކަ ދެންނެވީމެވެ.
27 މުޙައްރަމް 1441