ނޫސްބަޔާން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 31 އޮކްޓޫބަރު 2019 14:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި، އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތަކާ ގުޅޭ ނޫސް ބަޔާން

ނޫސް ބަޔާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި،  އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތައް މި މިނިސްޓްރީއަށް ހުށަހަޅަފައިވާ ފަރާތްތަކުގެ މައުލޫމާތު ބަޔާންކޮށް މި މިނިސްޓްރީއިން 25 ސެޕްޓެމްބަރ 2019 ގައި އާންމުކޮށްފައިވާ ނޫސް ބަޔާނުގައި ލިޔުމުގެ ކުށެއް ހިމެނޭތީ އެ ނޫސް ބަޔާން ބާޠިލްކުރެވިފައިވާ ވާހަކަދެންނެވީމެވެ.

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި، ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވާކަން މި މިނިސްޓްރީއަށް ފާހަގަ ކުރެވިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ތަޙުޤީޤު ކުރުމަށް ފޮނުވާފައިވާ ފަރާތްތަކުގެ މައުލޫމާތު ތިރީގައި މިވަނީއެވެ.

 

ވަޒީފާ ދޭ ފަރާތުގެ ނަން

ވިޔަފާރި ރަޖިސްޓްރީ ނަންބަރު/ އައި.ޑީ ކާޑު ނަންބަރު

ނިއު ސަން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް

C-0250/2015

ވެމްޒޯ ޕްރައިވެޓް ލިމިޓެޑް

C-0589/2017

ސަރަމީ ޕްރައިވެޓް ލިމިޓެޑް

C-0561/2015

ޒުބައިރު ޢަބްދުﷲ (ރަން ހިރު ފެހުން)

A009305

ސައިފުﷲ ޙަސަން (ކިންގް ކޮންސްޓްރަކްޝަން)

A120874

ޖިއާޒު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

C-0022/2005

ނިއޯ އީކޯ ޕްރައިވެޓް ލިމިޓެޑް

C-0664/2014

އުޘްމާން ނަޢީމް (ކޮމްބައިން ބިލްޑް)

A069154

މުޙައްމަދު ފަތުޙުﷲ (އެފް.އެސް.ބީ ހޯލްޑިންގްސް)

A007173

ސަން ސިޓީ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް

C-0261/2015

ސިނޮޕެކް ޕްރައިވެޓް ލިމިޓެޑް


C-0804/2016

 

ވޯޓަރ ޕާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

C-0675/2014

 

ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި މި މިނިސްޓްރީއަށް ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާކަން ފާހަގަ ކުރެވޭ ފަރާތްތަކުގެ މައުލޫމާތު މި މިނިސްޓްރީން އާންމުކޮށް އިއުލާންކުރަމުންދާނެ ވާހަކަ ދެންނެވީމެވެ.

27  މުޙައްރަމް   1441

26 ސެޕްޓެންބަރު 2019