ދިވެހިރާއްޖެ
ކެޕިޓަލް މާކެޓް ފޯރަމްގައި ބޭނުންކުރާ މެޓީރިއަލްތައް ޑިޒައިންކުރުމާއި ޕްރިންޓްކުރުމާއި ހަރުކުރުން
މި އޮތޯރިޓީން ބާއްވާ ކެޕިޓަލް މާކެޓް ފޯރަމްގައި ބޭނުންކުރާ މެޓީރިއަލްތައް ޑިޒައިންކުރުމާއި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 09 ސެޕްޓެންބަރު 2019ގައި ކުރި އޮތޯރިޓީގެ ނަންބަރު: (IUL)179-3.2/1/2019/25 އިއުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އެ އިޢްލާން ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
މި އޮތޯރިޓީއިން އިންތިޒާމްކޮށްގެން ބާއްވާ ކެޕިޓަލްމާކެޓް ފޯރަމްގައި ބޭނުންކުރާ ތަކެތި ޑިޒައިންކުރުމާއި ޕްރިންޓްކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް ތިރީގައިމިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތިރީގައިމިވާ ޗެކްލިސްޓް ފުރިހަމަކުރައްވައި ސޮއިކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ކުންފުނި ނުވަތަ ޕާރޓްނާރޝިޕްގެ ރަޖިސްޓްރޭޝަން ކޮޕީ |
|
ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް |
|
ހިއްސާދާރުން ނުވަތަ ޕާރޓްނަރުންގެ ތަފްސީލް |
|
އަންދާސީހިސާބު (ތަކެތީގެ އަގު ވަކިވަކިން އެނގޭ ގޮތަށް ޖުމްލަ އަގާ އެކު) |
ނޯޓް: ބިޑް ކާމިޔާބުކުރާ ފަރާތާ މަސައްކަތް ޙަވާލުކުރެވޭނީ ޓެކްސް ކްލިއަރެންސް ހުށަހެޅުމުންނެވެ.
މަތީގައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 26 ސެޕްޓެންބަރު 2019 ވާ ބުރާސްފަތި ދުވަހު10.30 އަށް މި އޮތޯރިޓީއަށް ވަޑައިގެން ބިޑް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 3014 124 އަށް ގުޅުއްވުން އެދެމެވެ.
ބިޑް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ އެޑްރެސް
ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ކޮންފަރެންސް ރޫމް) ހ. އޯކިޑް 3 ވަނަ ފަންގިފިލާ
އަމީރުއަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ
ފޯނު: 3336619، ފެކްސް:3336624
އީމެއިލް: [email protected] ވެބްސައިޓް: www.cmda.gov.mv
20 މުޙައްރަމް 1441
19 ސެޕްޓެންބަރު 2019